އުޞޫއްތަރުބިއްޔާގެ މުހިންމު ބައިތައް
1.
އުޞޫލުއް
ތަރުބިއްޔާގެ މާނައާއި އޭގެ ވައްތަރުތައް
އުޞޫލުއްތަރްބިއްޔާގެ ލުޣަވީ
މާނަ: އިތުރުވުން ބޮޑުވުން، ތަރައްޤީވުން ކުރިއެރުން،
އިޞްލާޙު ކުރުން، ވަކި ގޮތަކަށް ހޭނުވުން،
ގެންގުޅެބަލާ ބޮޑުކުރުން، ޠާހިރު ކުރުން.
އިޞްޠިލާޙީ މާނަ:
·
ހަޔާތުގެ ހުރިހާ
މަރްޙަލާއެއްގައި އެންމެހައި ދާއިރާތަކެއްގައި އިސްލާމް ދީން ގެނެސްފައިވާ
މަބާދިއުތަކާ، ޤިޔަމުތަކާ، އުސްލޫބުތަކުގެ އަލީގައި ފުރިހަމަ މުސްލިމަކު
ބިނާކުރުން. = މިޤްދާދު ތުރުކީ ވިލާތު މީހެއް =
·
އިންސާނާގެ
ސިކުނޑިއާއި ނަފްސާއި ފުރާނަ އަދި ޞިއްޙަތު ކީރިތި ޤުރްއާނާއި ސުންނަތުގެ
އަލީގައި ތަރުބިއްޔަތު ކުރުމެވެ.
2.
ތަރުބިއްޔަތު
ކުރުމުގެ ވައްތަރުތައް.
1- ނަމޫނާ ދައްކައިގެން ތަރުބިއްޔަތު ކުރުން.
2-
ވަޢުޡާއި ނަޞޭހަތުން ތަރުބިއްޔަތު ކުރުން.
3-
ވާހަކައިން ތަރުބިއްޔަތު ކުރުން.
4- ޢިބްރަތް
ލިބިގަނެގެން ތަރުބިއްޔަތު ކުރުން.
5-
މިސާލުޖަހައިގެން ތަރުބިއްޔަތު ކުރުން.
6-
އުފާވެރިކަމުގެ ޚަބަރު ދީގެން ތަރުބިއްޔަތު ކުރުން.
7-
އިންޒާރުން ތަރުބިއްޔަތު ކުރުން.
3.
ނަމޫނާ ދެއްކުން
-
މަތީ ފަންތީގެ މީހުން
ދަށުފަންތީގެ މީހުންނަށް ނަމޫނާ ދެއްކުން
-
މައިންބަފައިން
ދަރިނަށް
-
މުދައްރިސުން
ދަރިވަރުންނަށް
-
ވެރިން
ރައްޔިތުންނަށް
-
އެންމެ ފުރިހަމަ
ނަމޫނާ ދެއްކެވީ އަހަރެމެންގެ ރަސޫލާ
އިތުރު ތަފްޞީލް:
ޖ؛ ނަމޫނާ ދެއްކުމުގައި މުޖްތަމަޢެއްގެ މަތީފަންތިތަކުގެ މީހުން
ދަށުތިބީންނަށް ނަމޫނާ ދައްކައެވެ. މިގޮތުން މައިންބަފައިން ދަރިންނަށް
މުދައްރިސުން ދަރިވަރުންނަށް، ބޮޑެތި މީހުން ކުޑަކުދީންނަށް، އަދި ވެރިން
ރައްޔިތުންނަށް ނަމޫނާ ދައްކައެވެ. އިމާމުންނަކީ އެބައި މީހުން ދައްކާމަގުން
ދެންތިބި މީހުން ހިގުމަށް މަގުދައްކާބައެކެވެ. މިގޮތުން ތަޤްވާވެރިންގެ
އިމާމުންނަކީ މީސްތަކުން އެބައި މީހުންގެ މަގަށް ގެންދިއުމަށް ރިވެތި ނަމޫނާ
ދައްކާ މީހުންނެވެ. އެބައިމީހުން މީސްތަކުންނަށް ދައްކާ މަގަކީ މާތް ﷲ އާއި
އެކަލާނގެ ރަސޫލާ ދެއްކެވި މަގެވެ. ޞާލިޙު އަޅުތަކުން މާތް ﷲ ގެ ޙަޟްރަތުގައި ކުރާ
ދުޢާތަކުގެ ތެރޭގައި މިދުޢާވެއެވެ. " وَاجْعَلْنَا لِلْمُتَّقِيْنَ إِمَامًا
" އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން
ލައްވާނދޭވެ!
އެންމެ ފުރަތަމަ މުޢާޛްގެފާނަށް މާތް
ﷲ އަށް ތަޤްވާވެރިވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއަށްފަހު އަންގަވަނީ
ތެދުބަހުން ވާހަކަ ދައްކަވާށެވެ! އަދި ޢަހްދަށް ވަފާތެރިވެ ލައްވާށެވެ! އަމާނަތް
އަދާކުރައްވާށެވެ! ޚިޔާނަތްތެރިކަން
ދޫކުރައްވާށެވެ! އަވަށްޓެރިންނަށް ރައްކާތެރިވާށެވެ! (އެބައި މީހުންނަށް ތިމާގެ
ފަރާތުން ދަތިކަމެއް ކުރިމަތި ނުކުރާށެވެ!) ޔަތީމުންނަށް ރަޙުމް ކުރާށެވެ!
ބަސްބުނުމުގައި މަޑުމައިތިރިވާށެވެ! ސަލާމް ފަތުރުއްވަވާށެވެ! ކުރާކަމެއް އެންމެ
ރަނގަޅު ގޮތުގައި ކުރައްވާށެވެ! އުންމީދުތައް ކުރު ކުރައްވާށެވެ! (ކުރެވޭވަރުގެ
ކަންތައްތަކަށް އުންމީދު ކުރައްވާށެވެ!) އީމާން ކަމުގައި ފަރުވާތެރިކަމާއި އެކު
ދެމިހުންނާށެވެ! ޤުރްއާނުން ފިޤްހުވެރި (ޢިލްމޫވެރި) ވާށެވެ! އަދި އާޚިރަތަށް ލޯބި
ކުރައްވާށެވެ! ހިސާބަށް ބިރުވެތިވެ ލައްވާށެވެ! އަދި ވަރަ ތިރި ކުރައްވާށެވެ!
(މީހުންނާމެދު ރަޙުމްކުރާށެވެ.) މިކަންކަމަށް ވަޞިއްޔަތް ކުރެއްވުމަށްފަހު ދެން
ވަޞިއްޔަތް ކުރައްވަނީ ޙިކްމަތްތެރިއަކާ ދެކޮޅަށް ބަސްނުބުނާށެވެ! އަދި
ތެދުވެރިއަކު ދޮގު ނުުރާށެވެ! އަދި ފާފަވެރިއަކަށް ކިޔަމަންވެ ނުލައްވާށެވެ!
ޢަދުލުވެރި އިމާމަކަށް ނުކިޔަމަންތެރިވެ ނުލައްވާށެވެ! އަދި ބިމެއް ފަސާދަ
ނުކުރާށެވެ! މުސްލިމުންގެ ވެރިކަން ހިނގާ ކޮންމެ ޕްރޮވިންސަކަށް ވެސް ވާލީއަކު
ހަމަޖައްސަވާނަމަ މިމޭރުމުން ރަސޫލާ އެބޭފުޅަކަށް ވަޞިއްޔަތް ކުރައްވައެވެ.
4.
އިސްލާމީ
ތަރުބިއްޔަތަށް ދިވާވެފައިވާ ގޮންޖެހުންތައް
-
ގޭގޭ ވެށީގެ ސަބަބުން
އެޅޭ ހުރަސްތައް
-
ދީނީ ތަރުބިއްޔަތަކީ
ކޮބާކަން ނޭންގުމުގެ ސަބަބުން އެޅޭ ހުރަސްތައް
-
މުދައްރިސްގެ
މަސްޢޫލިއްޔަތު އަދާނުކުރުމުން އެޅޭ ހުރަސްތައް
-
މުދައްރިސްގެ
ފެންވަރު ނެތުމުން އެޅޭ ހުރަސްތައް
-
ދީނީ ފޮތްތައް
ދިވެހިބަހުން ނެތުމުން ދިމާވާ ހުރަސްތައް
-
ސުކޫލުގެ އިދާރާގެ
މަސްޢޫލިއްޔަތު އަދާނުކުރުމުން ދިމާވާ ހުރަސްތައް
-
ޒަނާނުގެ ބަދަލުވުންތަކާއެކު
އެޅޭ ހުރަސްތައް
5.
ތަޢުލީމާ
ތަރުބިއްޔަތުގެ ތަފާތު
ތަޢުލީމަކީ އުގަންނައިދިނުމެވެ. ތަރުބިއްޔަކީ
މަޑުމަޑުން އެއްޗެއް ފުރިހަމަ ކަމާ ހަމަޔަށް ގެންދިއުމެވެ.
6. އިސްލާމީ ތަރުބިއްޔާގެ
ޚާއްސަކަންތައްތަކަކީ ކޮބައި ހެއްޔެވެ؟
1. ރައްބާނީ
މަޤުޞަދު
2. ޝާމިލްކަން
3. ހުރިހާ ޒަމާނަކަށް
އަދި ތަނަކަށް އެންމެ އެކަށީގެންވާ ތަރުބިއްޔަތު
4. ލުއިފަސޭހަކަން
5. ކޮންމެ ޢުމުރަކާ
އެންމެ ގުޅޭ އަދި އިންސާނުންނާއި ޖިއްނީންނަށް ޝާމިލްވުން
7.
މުދައްރިސާއި ކުލާސް
މެނޭޖުމަންޓު
·
ރަނގަޅުޕްލޭނެއް ކޮށްގެން ކިޔަވާދިނުން
·
ކުދިންނާ ބަދަހި ގުޅުމެއްބޭއްވުން
·
ފައިދާ ކުރުވަނިވި ގޮތެއްގައި
ފިލާވަޅު ކުރިއަށްގެންދިއުން
·
މުވާސަލާތުކުރުމުގައި އަމިއްލަ
ނަފުސަށް އޮންނަ އިތުބާރާއި ބަހުރުވައިގެ ސާފުކަން
·
ރަނގަޅަށް މިސްރާބު ނުވަތަ
ޑައިރެކްޝަން ދިނުން
·
މުޅިކުލާސް ހޭލުންތެރިކުރުން
·
ކުލާހުގެ އެއްގަޑިން
އަނެއްގަޑިއަށް އޮމާންކަމާއިއެކު ބަދަލުވުމުގެ މަގު ފަހިކޮށްދިނުން.
·
ހިކުމަތްތެރިކަމާއިއެކު އިނާމު
ދިނުން ބޭނުން ކުރުން
·
އެންމެ ފައިދާކުރުވަނިވި ގޮތަކަށް
ގުރޫޕު ބެލެހެއްޓި ނުވަތަ މެނޭޖު ކުރުން
8.
ދީނީ ތަޢުލީމާއި
ދުނިޔަވީ ތަޢުލީމު ވަކިކުރުމުގެ ނުރައްކާ
ދުނިޔެވީ
ތަޢުލީމާ އެއްވަރަށް ދީނީ އަދި އުޚްރަވީ ތަރުބިއްޔަތު ދިނުމަކީވެސް ވަރަށް
މުޙިއްމުކަމެކެވެ. އެދަރިފުޅުގެ އުމުރާ ގުޅޭ މިންވަރަކުން މިތަރުބިއްޔަތު
އިތުރުކުރަން ޖެހޭނެއެވެ. ނަމަވެސް މިހާރަކަށް އައިސް ކަންތައްތައް ވަމުންދަނީ
މިދެންނެވި ގޮތާއި ދިމާއިދިކޮޅަށެވެ. ކުޑަކުއްޖާގެ އުމުރާއި ނުގުޅޭކަމުގައި ބުނެ
ދީނީ މުޙިއްމު ކަންތައްތައް ދަރިފުޅަށް އުނގަންނައި ނުދީ، އެދަރިފުޅުގެ އުމުރާއި
ނުގުޅޭ ފިލްމު ބެލުމަށާއި ވާހަކަފަދަ އެއްޗެތި ކިޔުމުގެ ފުރުޞަތުދެވެއެވެ. އޭގެ
ސަބަބުން ދަރިން ހަލާކުވެގެންދާ މަންޒަރު މިހާރު މުޖްތަމަޢުތަކުން ފެނިގެންދާކަމީ
ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ.
މިހާރުގެ
ކުދިންގެ ކިބައިން މިފެންނަ މަންޒަރުތަކަކީ އިސްލާމްދީނުގެ ރިވެތި ސިފަތައް
ދޫކޮށް، މާއްދިއްޔަތަށް އެކަނި ބަރޯސާވެގެން އެދަރިން ތަރުބިއްޔަތު ކުރުމުގެ
ނަތީޖާއެވެ. މާދާމާގެ މުޖްތަމަޢު ހެޔޮ މުޖްތަމަޢުއަކަށް ހެދުމަށްޓަކައި މާދަމާގެ
ޒުވާނުންކަމުގައިވާ މިއަދުގެ ކުޑަކުދީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާށެވެ.
ފާގަތި މުސްތަޤްބަލަކަށްޓަކައި، ހެޔޮލަފާ މުޖްތަމަޢުއެއް ބިނާކުރުމަށްޓަކައި،
ޤައުމުގެ ކުރިމަގަށްޓަކައި، މިއަދު އެކުދިން ބޭނުންހާ މަގަކުން ހިނގިޔަނުދީ
އެކުދިން އިސްލާމީ ރިވެތި ހަމަތަކުގެ މަތީ ހިފަހައްޓާށެވެ. މާދަމާ އެކުދިންނަކީ
ތިބާގެ ލޮލުގެ ފިނިކަންކަމުގައި ވާން އެދޭނަމަ، މިއަދު އެދަރިފުޅު މާތްވެގެންވީ
އުޞޫލުތަކުގައި ސާބިތުކުރާށެވެ. ދެފަރާތަށް ކާމިޔާބާއި ހިތްހަމަޖެހުން އޮތީ
މިފަދައިން ދަރިފުޅު ތަރުބިއްޔަތުކޮށްގެންކަން ޔަގީނެވެ.
9.
ނަމޫނާ ދެއްކުމުގެ
މުހިންމުކަން
ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ރަނގަޅު ނަމޫނާއެއް
ދައްކާގެންނެވެ. ކުޑަކުދިންނަކީ ވަރަށް ފަސޭހައިން ކަންތައްތައް ކޮޕީކުރާބައެކެވެ.
އެކުދިން އުޅޭ މާޙައުލުން ފެންނަ ކަންތައްތައް ނަގާގަނެ އެގޮތަށް އެކުދިން އުޅެން
ފަށައެވެ. އެހެންކަމުން އެކުދިންނަށް ރަނގަޅު ހަރުދަނާ ނަމޫނާއެއް
ނުދެއްކިއްޖެނަމަ އެކުދިން މަގުންކައްސާލައިގެން ހިގައިދާނެއެވެ. އަހަރެމެންގެ
މުޖުތަމަޢުގައި މަގުން ކައްސާލާގެން ގޮސްފައިވާ ގިނަކުދިން މަގުން ކައްސާލާގެން
ގޮސްފައިވަނީ ހަރުދަނާ ނަމޫނާއެއް ނުދެއްކިގެންނާ ރަނގަޅަށް ތަރުބިއްޔަތު
ނުކުރެވިގެންނެވެ.
10.
ކިޔަވައިދިނުމުގެ
ރުކުންތައް
1.މަޢުލޫމާތު.
2.ދަރިވަރު
3.ކިޔަވައިދިނުމުގެ ގޮތް
4.ވަޞީލަތް
5.ކިޔަވައިދޭނެތަނެއް.
6.ކިޔަވައިދޭނެމީހާ.
11.
އިސްކަންދޭންޖެހެނީ
ހިތުދަސްކުރުންތޯ / ދެނެގަތުންތޯ؟
ދެނެގަތުމަށް
12.
ތަރުބިއްޔަތުގެ
ކުރުމުގެ އުޞްލޫބުތައް
1- ދީނީ އުޞޫލު
2. ތާރީޚި އުޞޫލު
3. އިޖުތިމާޢީ އުޞޫލު
4. ފަލްސަފީ އުޞޫލު
5. އިދާރީ އުޞޫލު
6. ޘަޤާފީ އުޞޫލު
13.
ކުލާސްތެރޭގައި ކޮމިޔުނިކޭޝަންގެ މުހިންމު
ކަންތައްތައް
•
ރަނގަޅުނުން އާދަތައް
ހިއްސާކުރިކަމުގައި ވިޔަސް ވަކިވަކި ކުދިންނަށް ފޯކަސް ނުކޮށް ޢާންމުކޮށް އެންގުން
ނުވަތަ މުޢާމަލާތުކުރުން
•
ހިތްހަމަ ނުޖެހިގެން
ވާހަކަ ދެއްކި ކަމުގައިވިޔަސް ހަމައިގަ ހުރުން ނުވަތަ ކޮންޓްރޯލްގައި ހުރުން
•
ކުއްޖާ ދައްކޮށްލުމަށް
މަސައްކަތް ނުކުރުން
•
ލޭބަލް ނުކުރުން(
ރަނގަޅު.ގޯސް)
•
ހަތްވަރުދޭނީ ކުދިންގެ
މަސައްކަށާއި ބަސްއެހުމަށެވެ. ކުއްޖާގެ ޒާތަކަށް ނޫނެވެ.
•
އަޑުއެހުމަށް
ތައްޔާރުވެފައި ނެތްކަމުގައިވާނަމަ ވާހަކަ ނުދެއްކުން
14.
ތައުޙީދުގެ ބަހަވީ
މާނައާއި އިޞްޠިލާޙީ މާނައަކީ ކޮބައި ހެއްޔެވެ؟
ތައުޙީދުގެ ބަހަވީ މާނައަކީ އެއްކައުވަންތަ ކުރުމެވެ.
ތައުޙީދުގެ އިސްޠިލާޙީ މާނައަކީ ތައުހީދުއް ރުބޫބިއްޔަތަށާއި ތައުޙީދުލް އުލޫހިއްޔަތަށާއި
އަސްމާއު ވައްޞިފާތުގައި ﷲ ގެ އެއްކައުވަންތަ ކުރުމެވެ.
15.
ތައުޙީދުގެ
ބައިތަކަކީ ކޮބައި ހެއްޔެވެ؟
1.
ތައުހީދުއް
ރުބޫބިއްޔާ އީމާންވުން.
2.
ތައުޙީދުލް
އުލޫހިއްޔާ އީމާންވުން.
3.
ތައުހީދު އަސްމާއު
ވަޞިފާތަށް އީމާންވުން.
16.
ދަރިވަރުންގެ ކިބައިގައި
ދީނީ ޝުޢޫރު އާލާކުރާނީ ކިހިނެތް؟
ހ ނަމޫނާ
ދައްކައިގެން
ށ.
ވަޢުޡާއިނަޞޭޙަތްދީގެން،
ނ.ވާހަކައިން ޢިބްރަތްލިބިގަނެގެން،
ރ.މިސާލުޖަހައިގެން
ބ.އުފަވެރި ޚަބަރުދީގެން.
ޅ.އިންޒާރުދީގެން ތަރުބިއްޔެތު ކުރުން
17.
ދީނުންބޭރުވާ
ކަންތައްތައް:
1- ﷲ އަށް ޝަރީކު ކުރުން.
2- ﷲ އަށް ދެންނެވުމުގައި
މެދުވެރީން ގެންގުޅުން.
3- މުޝްރިކުންނަކީ ކާފިރުން ކަމަށް
ނުދުށުމާއި އެމީހުންގެ ކުފުރާއި މެދު ޝައްކުވުމާއި އެމީހުންގެ މަޛްހަބު
ރަނގަޅުވުން.
4- މުޙަންމަދުގެފާނު ގެނެސްދެއްވި
ހިދާޔަތާއި ޙުކުމަށްވުރެ ފުރިހަމަ އެހެން ހިދާޔަތެއް ނުވަތަ ޙުކުމެއް ވާކަމަށް
ދުށުން.
5- ﷲ ގެ ރަސޫލާ ގެނެސްދެއްވި
ކަމަކަށް ކަމަކަށް ރުޅިއައުން.
6- ދީނުގައި އައިސްފައިވާ ކަމަކަށް
ރުޅިއައުން.
7- ސިހުރު ހާހޫރަ ހެދުން.
8- މުސްލިމުންނާއި ދެކޮޅަށް
ކާފިރުންނަށް އެހީވުން.
9- އިސްލާމީ ޝަރީއަތުން ބޭރުވުމަށް
ބަޔަކަށް ރުޚުޞަތު ލިބިގެންވާކަމަށް ދުށުން.
10- އިސްލާމް ދީނުން މޫނު އަނބުރާލުން.
17- ޝިރްކު ކުރުމަކީ ކޮބާ؟
ޝިރްކު ކުރުމަކީ : ޢާލަމްތައް ހެއްދެވީ ﷲ ކަމާއި، ﷲ މެނުވީ ޙައްޤުވެގެން
އަޅުކަމެއްވެވޭ އިލާހަކު ނުވާކަމާއި، އަދި ﷲ އަށް ލިބިގެންވާ އިސްމުފުޅުތަކާއި
ސިފަފުޅުތަކުގައި އެހެން ފަރާތެއް ބައިވެރި ކުރުމެވެ. އަދި ތިމާކުރާ އެއްވެސް
އަޅުކަމެއްގައި ﷲ އާއި އެހެން ފަރާތެއް ބައިވެރި ކުރުމެވެ.
ޝުރްކު ބެހެނީ 2 ބަޔަކަށް: އެއީ ބޮޑު ޝިރުކާއި ކުޑަ ޝިރުކެވެ.
ބޮޑު ޝިރުކަކީ: ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާ ފަދައިން
އެހެން އެއްޗިއްސަށް އަޅުކަން ކުރުމެވެ.
ކުޑަޝިރުކަކީ: ދެއްކުމުގެ ގޮތުން
ކުރެވޭ އަޅުކަންތަކެވެ. ނުވަތަ އަޅުކަން ކުރުމުގައި ދެއްކުންތެރިކަން
ގެންގުޅުމެވެ.
18- لاَإِلهَ إِلاَّ اللهُ ގެ ޝަރުޠުތައް:
1- ޖާހިލްކަން
ނަފިކޮށްދޭ ޢިލްމު
2- ނިފާޤުކަމުން ސަލާމަތް ކޮށްދޭ
އިޚްލާޞްތެރިކަން.
3- ޝައްކާއި ވަސްވާހުން
ދުރުކޮށްދޭ ޔަޤީންކަން.
4- ރުޅުވެރިކަމާއި ހިތް
ނުރުހޭމަކުން ސަލާމަތް ކޮށްދޭ ލޯބި.
5- އިންކާރު ކުރުމުން ދުރުކޮށްދޭ
ޤަބޫލުކުރުން.
6- ނުކިޔަމަންތެރިކަމުން ސަލާމަތް
ކޮށްދޭ ލޯބި
7- ދެފުށް ދެގޮތްވުމުން
ދުރުކޮށްދޭ ތެދުވެރިކަން.
8- އީމާންކަން ޙަޤީޤަތަކަށް
ހެދުމަށްޓަކައި ޠާޣޫތަށް ކާފިރުވުން.
No comments:
Post a Comment