Tuesday, November 24, 2015

އުޞޫއްތަރުބިއްޔާގެ މުހިންމު ބައިތައް
1.    އުޞޫލުއް ތަރުބިއްޔާގެ މާނައާއި އޭގެ ވައްތަރުތައް
 އުޞޫލުއްތަރްބިއްޔާގެ ލުޣަވީ މާނަ: އިތުރުވުން ބޮޑުވުން، ތަރައްޤީވުން ކުރިއެރުން، އިޞްލާޙު ކުރުން،  ވަކި ގޮތަކަށް ހޭނުވުން، ގެންގުޅެބަލާ ބޮޑުކުރުން، ޠާހިރު ކުރުން.
އިޞްޠިލާޙީ މާނަ:
·        ހަޔާތުގެ ހުރިހާ މަރްޙަލާއެއްގައި އެންމެހައި ދާއިރާތަކެއްގައި އިސްލާމް ދީން ގެނެސްފައިވާ މަބާދިއުތަކާ، ޤިޔަމުތަކާ، އުސްލޫބުތަކުގެ އަލީގައި ފުރިހަމަ މުސްލިމަކު ބިނާކުރުން. = މިޤްދާދު ތުރުކީ ވިލާތު މީހެއް =
·        އިންސާނާގެ ސިކުނޑިއާއި ނަފްސާއި ފުރާނަ އަދި ޞިއްޙަތު ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި  ތަރުބިއްޔަތު ކުރުމެވެ.

2.    ތަރުބިއްޔަތު ކުރުމުގެ ވައްތަރުތައް.
  1- ނަމޫނާ ދައްކައިގެން ތަރުބިއްޔަތު ކުރުން.
   2- ވަޢުޡާއި ނަޞޭހަތުން ތަރުބިއްޔަތު ކުރުން.
   3- ވާހަކައިން ތަރުބިއްޔަތު ކުރުން.
   4- ޢިބްރަތް ލިބިގަނެގެން ތަރުބިއްޔަތު ކުރުން.
   5- މިސާލުޖަހައިގެން ތަރުބިއްޔަތު ކުރުން.
   6- އުފާވެރިކަމުގެ ޚަބަރު ދީގެން ތަރުބިއްޔަތު ކުރުން.
   7- އިންޒާރުން ތަރުބިއްޔަތު ކުރުން.

3.    ނަމޫނާ ދެއްކުން
-         މަތީ ފަންތީގެ މީހުން ދަށުފަންތީގެ މީހުންނަށް ނަމޫނާ ދެއްކުން
-         މައިންބަފައިން ދަރިނަށް
-         މުދައްރިސުން ދަރިވަރުންނަށް
-         ވެރިން ރައްޔިތުންނަށް
-         އެންމެ ފުރިހަމަ ނަމޫނާ ދެއްކެވީ އަހަރެމެންގެ ރަސޫލާ
އިތުރު ތަފްޞީލް:
ޖ؛ ނަމޫނާ ދެއްކުމުގައި މުޖްތަމަޢެއްގެ މަތީފަންތިތަކުގެ މީހުން ދަށުތިބީންނަށް ނަމޫނާ ދައްކައެވެ. މިގޮތުން މައިންބަފައިން ދަރިންނަށް މުދައްރިސުން ދަރިވަރުންނަށް، ބޮޑެތި މީހުން ކުޑަކުދީންނަށް، އަދި ވެރިން ރައްޔިތުންނަށް ނަމޫނާ ދައްކައެވެ. އިމާމުންނަކީ އެބައި މީހުން ދައްކާމަގުން ދެންތިބި މީހުން ހިގުމަށް މަގުދައްކާބައެކެވެ. މިގޮތުން ތަޤްވާވެރިންގެ އިމާމުންނަކީ މީސްތަކުން އެބައި މީހުންގެ މަގަށް ގެންދިއުމަށް ރިވެތި ނަމޫނާ ދައްކާ މީހުންނެވެ. އެބައިމީހުން މީސްތަކުންނަށް ދައްކާ މަގަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ދެއްކެވި މަގެވެ. ޞާލިޙު އަޅުތަކުން މާތް ﷲ ގެ ޙަޟްރަތުގައި ކުރާ ދުޢާތަކުގެ ތެރޭގައި މިދުޢާވެއެވެ. " وَاجْعَلْنَا لِلْمُتَّقِيْنَ إِمَامًا " އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!
އެންމެ ފުރަތަމަ މުޢާޛްގެފާނަށް މާތް  ﷲ އަށް ތަޤްވާވެރިވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއަށްފަހު އަންގަވަނީ ތެދުބަހުން ވާހަކަ ދައްކަވާށެވެ! އަދި ޢަހްދަށް ވަފާތެރިވެ ލައްވާށެވެ! އަމާނަތް އަދާކުރައްވާށެވެ!  ޚިޔާނަތްތެރިކަން ދޫކުރައްވާށެވެ! އަވަށްޓެރިންނަށް ރައްކާތެރިވާށެވެ! (އެބައި މީހުންނަށް ތިމާގެ ފަރާތުން ދަތިކަމެއް ކުރިމަތި ނުކުރާށެވެ!) ޔަތީމުންނަށް ރަޙުމް ކުރާށެވެ! ބަސްބުނުމުގައި މަޑުމައިތިރިވާށެވެ! ސަލާމް ފަތުރުއްވަވާށެވެ! ކުރާކަމެއް އެންމެ ރަނގަޅު ގޮތުގައި ކުރައްވާށެވެ! އުންމީދުތައް ކުރު ކުރައްވާށެވެ! (ކުރެވޭވަރުގެ ކަންތައްތަކަށް އުންމީދު ކުރައްވާށެވެ!) އީމާން ކަމުގައި ފަރުވާތެރިކަމާއި އެކު ދެމިހުންނާށެވެ! ޤުރްއާނުން ފިޤްހުވެރި (ޢިލްމޫވެރި) ވާށެވެ! އަދި އާޚިރަތަށް ލޯބި ކުރައްވާށެވެ! ހިސާބަށް ބިރުވެތިވެ ލައްވާށެވެ! އަދި ވަރަ ތިރި ކުރައްވާށެވެ! (މީހުންނާމެދު ރަޙުމްކުރާށެވެ.) މިކަންކަމަށް ވަޞިއްޔަތް ކުރެއްވުމަށްފަހު ދެން ވަޞިއްޔަތް ކުރައްވަނީ ޙިކްމަތްތެރިއަކާ ދެކޮޅަށް ބަސްނުބުނާށެވެ! އަދި ތެދުވެރިއަކު ދޮގު ނުުރާށެވެ! އަދި ފާފަވެރިއަކަށް ކިޔަމަންވެ ނުލައްވާށެވެ! ޢަދުލުވެރި އިމާމަކަށް ނުކިޔަމަންތެރިވެ ނުލައްވާށެވެ! އަދި ބިމެއް ފަސާދަ ނުކުރާށެވެ! މުސްލިމުންގެ ވެރިކަން ހިނގާ ކޮންމެ ޕްރޮވިންސަކަށް ވެސް ވާލީއަކު ހަމަޖައްސަވާނަމަ މިމޭރުމުން ރަސޫލާ އެބޭފުޅަކަށް ވަޞިއްޔަތް ކުރައްވައެވެ.

4.    އިސްލާމީ ތަރުބިއްޔަތަށް ދިވާވެފައިވާ ގޮންޖެހުންތައް
-         ގޭގޭ ވެށީގެ ސަބަބުން އެޅޭ ހުރަސްތައް
-         ދީނީ ތަރުބިއްޔަތަކީ ކޮބާކަން ނޭންގުމުގެ ސަބަބުން އެޅޭ ހުރަސްތައް
-         މުދައްރިސްގެ މަސްޢޫލިއްޔަތު އަދާނުކުރުމުން އެޅޭ ހުރަސްތައް
-         މުދައްރިސްގެ ފެންވަރު ނެތުމުން އެޅޭ ހުރަސްތައް
-         ދީނީ ފޮތްތައް ދިވެހިބަހުން ނެތުމުން ދިމާވާ ހުރަސްތައް
-         ސުކޫލުގެ އިދާރާގެ މަސްޢޫލިއްޔަތު އަދާނުކުރުމުން ދިމާވާ ހުރަސްތައް
-         ޒަނާނުގެ ބަދަލުވުންތަކާއެކު އެޅޭ ހުރަސްތައް

5.    ތަޢުލީމާ ތަރުބިއްޔަތުގެ ތަފާތު
ތަޢުލީމަކީ އުގަންނައިދިނުމެވެ. ތަރުބިއްޔަކީ މަޑުމަޑުން އެއްޗެއް ފުރިހަމަ ކަމާ ހަމަޔަށް ގެންދިއުމެވެ.

6.    އިސްލާމީ ތަރުބިއްޔާގެ ޚާއްސަކަންތައްތަކަކީ ކޮބައި ހެއްޔެވެ؟
1. ރައްބާނީ މަޤުޞަދު
2. ޝާމިލްކަން
3. ހުރިހާ ޒަމާނަކަށް އަދި ތަނަކަށް އެންމެ އެކަށީގެންވާ ތަރުބިއްޔަތު
4. ލުއިފަސޭހަކަން
5. ކޮންމެ ޢުމުރަކާ އެންމެ ގުޅޭ އަދި އިންސާނުންނާއި ޖިއްނީންނަށް ޝާމިލްވުން

7.    މުދައްރިސާއި ކުލާސް މެނޭޖުމަންޓު
·        ރަނގަޅުޕްލޭނެއް ކޮށްގެން ކިޔަވާދިނުން
·        ކުދިންނާ ބަދަހި ގުޅުމެއްބޭއްވުން
·        ފައިދާ ކުރުވަނިވި ގޮތެއްގައި ފިލާވަޅު ކުރިއަށްގެންދިއުން
·        މުވާސަލާތުކުރުމުގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ބަހުރުވައިގެ ސާފުކަން
·        ރަނގަޅަށް މިސްރާބު ނުވަތަ ޑައިރެކްޝަން ދިނުން
·        މުޅިކުލާސް ހޭލުންތެރިކުރުން
·        ކުލާހުގެ އެއްގަޑިން އަނެއްގަޑިއަށް އޮމާންކަމާއިއެކު ބަދަލުވުމުގެ މަގު ފަހިކޮށްދިނުން.
·        ހިކުމަތްތެރިކަމާއިއެކު އިނާމު ދިނުން ބޭނުން ކުރުން
·        އެންމެ ފައިދާކުރުވަނިވި ގޮތަކަށް ގުރޫޕު ބެލެހެއްޓި ނުވަތަ މެނޭޖު ކުރުން

8.    ދީނީ ތަޢުލީމާއި ދުނިޔަވީ ތަޢުލީމު ވަކިކުރުމުގެ ނުރައްކާ
ދުނިޔެވީ ތަޢުލީމާ އެއްވަރަށް ދީނީ އަދި އުޚްރަވީ ތަރުބިއްޔަތު ދިނުމަކީވެސް ވަރަށް މުޙިއްމުކަމެކެވެ. އެދަރިފުޅުގެ އުމުރާ ގުޅޭ މިންވަރަކުން މިތަރުބިއްޔަތު އިތުރުކުރަން ޖެހޭނެއެވެ. ނަމަވެސް މިހާރަކަށް އައިސް ކަންތައްތައް ވަމުންދަނީ މިދެންނެވި ގޮތާއި ދިމާއިދިކޮޅަށެވެ. ކުޑަކުއްޖާގެ އުމުރާއި ނުގުޅޭކަމުގައި ބުނެ ދީނީ މުޙިއްމު ކަންތައްތައް ދަރިފުޅަށް އުނގަންނައި ނުދީ، އެދަރިފުޅުގެ އުމުރާއި ނުގުޅޭ ފިލްމު ބެލުމަށާއި ވާހަކަފަދަ އެއްޗެތި ކިޔުމުގެ ފުރުޞަތުދެވެއެވެ. އޭގެ ސަބަބުން ދަރިން ހަލާކުވެގެންދާ މަންޒަރު މިހާރު މުޖްތަމަޢުތަކުން ފެނިގެންދާކަމީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ.
މިހާރުގެ ކުދިންގެ ކިބައިން މިފެންނަ މަންޒަރުތަކަކީ އިސްލާމްދީނުގެ ރިވެތި ސިފަތައް ދޫކޮށް، މާއްދިއްޔަތަށް އެކަނި ބަރޯސާވެގެން އެދަރިން ތަރުބިއްޔަތު ކުރުމުގެ ނަތީޖާއެވެ. މާދާމާގެ މުޖްތަމަޢު ހެޔޮ މުޖްތަމަޢުއަކަށް ހެދުމަށްޓަކައި މާދަމާގެ ޒުވާނުންކަމުގައިވާ މިއަދުގެ ކުޑަކުދީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާށެވެ. ފާގަތި މުސްތަޤްބަލަކަށްޓަކައި، ހެޔޮލަފާ މުޖްތަމަޢުއެއް ބިނާކުރުމަށްޓަކައި، ޤައުމުގެ ކުރިމަގަށްޓަކައި، މިއަދު އެކުދިން ބޭނުންހާ މަގަކުން ހިނގިޔަނުދީ އެކުދިން އިސްލާމީ ރިވެތި ހަމަތަކުގެ މަތީ ހިފަހައްޓާށެވެ. މާދަމާ އެކުދިންނަކީ ތިބާގެ ލޮލުގެ ފިނިކަންކަމުގައި ވާން އެދޭނަމަ، މިއަދު އެދަރިފުޅު މާތްވެގެންވީ އުޞޫލުތަކުގައި ސާބިތުކުރާށެވެ. ދެފަރާތަށް ކާމިޔާބާއި ހިތްހަމަޖެހުން އޮތީ މިފަދައިން ދަރިފުޅު ތަރުބިއްޔަތުކޮށްގެންކަން ޔަގީނެވެ.
9.    ނަމޫނާ ދެއްކުމުގެ މުހިންމުކަން
ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ރަނގަޅު ނަމޫނާއެއް ދައްކާގެންނެވެ. ކުޑަކުދިންނަކީ ވަރަށް ފަސޭހައިން ކަންތައްތައް ކޮޕީކުރާބައެކެވެ. އެކުދިން އުޅޭ މާޙައުލުން ފެންނަ ކަންތައްތައް ނަގާގަނެ އެގޮތަށް އެކުދިން އުޅެން ފަށައެވެ. އެހެންކަމުން އެކުދިންނަށް ރަނގަޅު ހަރުދަނާ ނަމޫނާއެއް ނުދެއްކިއްޖެނަމަ އެކުދިން މަގުންކައްސާލައިގެން ހިގައިދާނެއެވެ. އަހަރެމެންގެ މުޖުތަމަޢުގައި މަގުން ކައްސާލާގެން ގޮސްފައިވާ ގިނަކުދިން މަގުން ކައްސާލާގެން ގޮސްފައިވަނީ ހަރުދަނާ ނަމޫނާއެއް ނުދެއްކިގެންނާ ރަނގަޅަށް ތަރުބިއްޔަތު ނުކުރެވިގެންނެވެ.
10. ކިޔަވައިދިނުމުގެ ރުކުންތައް
1.މަޢުލޫމާތު.
2.ދަރިވަރު
3.ކިޔަވައިދިނުމުގެ ގޮތް
4.ވަޞީލަތް
5.ކިޔަވައިދޭނެތަނެއް.
6.ކިޔަވައިދޭނެމީހާ.
11.                      އިސްކަންދޭންޖެހެނީ ހިތުދަސްކުރުންތޯ / ދެނެގަތުންތޯ؟
ދެނެގަތުމަށް

12.                      ތަރުބިއްޔަތުގެ ކުރުމުގެ އުޞްލޫބުތައް
1- ދީނީ އުޞޫލު
2. ތާރީޚި އުޞޫލު
3. އިޖުތިމާޢީ އުޞޫލު
4. ފަލްސަފީ އުޞޫލު
5. އިދާރީ އުޞޫލު
6. ޘަޤާފީ އުޞޫލު


13.                       ކުލާސްތެރޭގައި ކޮމިޔުނިކޭޝަންގެ މުހިންމު ކަންތައްތައް
         ރަނގަޅުނުން އާދަތައް ހިއްސާކުރިކަމުގައި ވިޔަސް ވަކިވަކި ކުދިންނަށް ފޯކަސް ނުކޮށް ޢާންމުކޮށް އެންގުން ނުވަތަ މުޢާމަލާތުކުރުން
         ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި ކަމުގައިވިޔަސް ހަމައިގަ ހުރުން ނުވަތަ ކޮންޓްރޯލްގައި ހުރުން
         ކުއްޖާ ދައްކޮށްލުމަށް މަސައްކަތް ނުކުރުން
         ލޭބަލް ނުކުރުން( ރަނގަޅު.ގޯސް)
         ހަތްވަރުދޭނީ ކުދިންގެ މަސައްކަށާއި ބަސްއެހުމަށެވެ. ކުއްޖާގެ ޒާތަކަށް ނޫނެވެ.
         އަޑުއެހުމަށް ތައްޔާރުވެފައި ނެތްކަމުގައިވާނަމަ ވާހަކަ ނުދެއްކުން

14.                      ތައުޙީދުގެ ބަހަވީ މާނައާއި އިޞްޠިލާޙީ މާނައަކީ ކޮބައި ހެއްޔެވެ؟
ތައުޙީދުގެ ބަހަވީ މާނައަކީ އެއްކައުވަންތަ ކުރުމެވެ.
ތައުޙީދުގެ އިސްޠިލާޙީ މާނައަކީ ތައުހީދުއް ރުބޫބިއްޔަތަށާއި ތައުޙީދުލް އުލޫހިއްޔަތަށާއި އަސްމާއު ވައްޞިފާތުގައި ﷲ ގެ އެއްކައުވަންތަ ކުރުމެވެ.
15.                      ތައުޙީދުގެ ބައިތަކަކީ ކޮބައި ހެއްޔެވެ؟
1.     ތައުހީދުއް ރުބޫބިއްޔާ އީމާންވުން.
2.     ތައުޙީދުލް އުލޫހިއްޔާ އީމާންވުން.
3.     ތައުހީދު އަސްމާއު ވަޞިފާތަށް އީމާންވުން.

16.                      ދަރިވަރުންގެ ކިބައިގައި ދީނީ ޝުޢޫރު އާލާކުރާނީ ކިހިނެތް؟
ހ ނަމޫނާ ދައްކައިގެން
ށ. ވަޢުޡާއިނަޞޭޙަތްދީގެން،
ނ.ވާހަކައިން ޢިބްރަތްލިބިގަނެގެން،
ރ.މިސާލުޖަހައިގެން
ބ.އުފަވެރި ޚަބަރުދީގެން.
ޅ.އިންޒާރުދީގެން ތަރުބިއްޔެތު ކުރުން

17.                       ދީނުންބޭރުވާ ކަންތައްތައް:  
1- ﷲ އަށް ޝަރީކު ކުރުން.
   2- ﷲ އަށް ދެންނެވުމުގައި މެދުވެރީން ގެންގުޅުން.
   3- މުޝްރިކުންނަކީ ކާފިރުން ކަމަށް ނުދުށުމާއި އެމީހުންގެ ކުފުރާއި މެދު ޝައްކުވުމާއި އެމީހުންގެ މަޛްހަބު ރަނގަޅުވުން.
   4- މުޙަންމަދުގެފާނު ގެނެސްދެއްވި ހިދާޔަތާއި ޙުކުމަށްވުރެ ފުރިހަމަ އެހެން ހިދާޔަތެއް ނުވަތަ ޙުކުމެއް ވާކަމަށް ދުށުން.
   5- ﷲ ގެ ރަސޫލާ ގެނެސްދެއްވި ކަމަކަށް ކަމަކަށް ރުޅިއައުން.
   6- ދީނުގައި އައިސްފައިވާ ކަމަކަށް ރުޅިއައުން.
   7- ސިހުރު ހާހޫރަ ހެދުން.
   8- މުސްލިމުންނާއި ދެކޮޅަށް ކާފިރުންނަށް އެހީވުން.
   9- އިސްލާމީ ޝަރީއަތުން ބޭރުވުމަށް ބަޔަކަށް ރުޚުޞަތު ލިބިގެންވާކަމަށް ދުށުން.
   10- އިސްލާމް ދީނުން މޫނު އަނބުރާލުން.

17- ޝިރްކު ކުރުމަކީ ކޮބާ؟
ޝިރްކު ކުރުމަކީ : ޢާލަމްތައް ހެއްދެވީ ﷲ ކަމާއި، ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމާއި، އަދި ﷲ އަށް ލިބިގެންވާ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެހެން ފަރާތެއް ބައިވެރި ކުރުމެވެ. އަދި ތިމާކުރާ އެއްވެސް އަޅުކަމެއްގައި ﷲ އާއި އެހެން ފަރާތެއް ބައިވެރި ކުރުމެވެ.
ޝުރްކު ބެހެނީ 2 ބަޔަކަށް: އެއީ ބޮޑު ޝިރުކާއި ކުޑަ ޝިރުކެވެ.
ބޮޑު ޝިރުކަކީ: ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާ ފަދައިން އެހެން އެއްޗިއްސަށް އަޅުކަން ކުރުމެވެ.
ކުޑަޝިރުކަކީ: ދެއްކުމުގެ ގޮތުން ކުރެވޭ އަޅުކަންތަކެވެ. ނުވަތަ އަޅުކަން ކުރުމުގައި ދެއްކުންތެރިކަން ގެންގުޅުމެވެ.
18- لاَإِلهَ إِلاَّ اللهُ  ގެ ޝަރުޠުތައް:
    1- ޖާހިލްކަން ނަފިކޮށްދޭ ޢިލްމު
     2- ނިފާޤުކަމުން ސަލާމަތް ކޮށްދޭ އިޚްލާޞްތެރިކަން.
     3- ޝައްކާއި ވަސްވާހުން ދުރުކޮށްދޭ ޔަޤީންކަން.
     4- ރުޅުވެރިކަމާއި ހިތް ނުރުހޭމަކުން ސަލާމަތް ކޮށްދޭ ލޯބި.
     5- އިންކާރު ކުރުމުން ދުރުކޮށްދޭ ޤަބޫލުކުރުން.
     6- ނުކިޔަމަންތެރިކަމުން ސަލާމަތް ކޮށްދޭ ލޯބި
     7- ދެފުށް ދެގޮތްވުމުން ދުރުކޮށްދޭ ތެދުވެރިކަން.
     8- އީމާންކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ޠާޣޫތަށް ކާފިރުވުން.





Friday, November 20, 2015

އެސެސްމަންޓު  އެންޑް އިވެލުއޭޝަން މިމާއްދާގެ މުހިންމު ބައިތައްް


އެސެސްމަންޓް އޭޒް ލާރނިންގގެ(ސެލްފު އެސިސްމަންޓުގެ) މަޤްސަދަކީ

  ދަރިވަރުން އަމިއްލަ އަށް އުގެނުމަށް ބާރުއަޅާ މަގުފަހި ކުރުން.
          އުނގެނޭ އުނގެނުން އަބަދުވެސް ދަރިވަރުންނަށް އެގިއޮޅުންފިލަމުންދިއުން.
          ކިލާހުގައި މަޑުންއިދެ އުގެނުމަށްވުރެ، ދަރިވަރުން އަމިއްލައަށް ކަންކަންކޮށް، އުނގެނުމުގެ ޙަރަކާތްތަކުގައި ބައިވެރިކުރުވައިގެން އުނގެނުން ކުރިއަށް ގެންދިއުމުން ދަރިވަރުންގެ ފެންވަރު އަބަދުވެސް ރަނގަޅުވޭ.
          އުނގެނުމުގެ ތެރެއިން ދަރިވަރު އަމިއްލަ އަށް ބިނާކުރަނިވި ފާޑުކިޔުމަށާއި ތަފާތު ފެންވަރުގައި ވިސްނުމަށް  ފުރުސަތު ދިނުން.
          ދަރިވަރުން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، އެކިކަންކަމުގައި ބިނާކުރަނިވި ފާޑުކިޔަން ފުރުޞަތު ދިނުމާއި، ކަންކަން އަމިއްލައަށް ކުރުމަށް ފުރުސަތުދިނުމާއި އަދި ކަންކަމާއި މެދު ނިންންމުންތައް ނިންމަން ދަސްކޮށްދިނުން.

ޕިޔާ އެސެސްމަންޓުގެ ބައެއް ފައިދާތައް

·        ތިމާއާއި އެހެނިހެން ދަރިވަރުންގެ ފެންވަރު ބަލާ، ދެނެގަތުމުގެ ޤާބިލްކަން ދަރިވަރުންނަށް ލިބޭ.
·         ދަރިވަރުގެ ފެންވަރާމެދު މުދައްރިސް  ނިންމާ ނިންމުމަކަށް ބަރޯސާވެގެން އަބަދު ތިބުމުގެ ބަދަލުގައި، އަމިއްލައަށް ފެންވަރު ދެނެގަނެ ކުރިއަށް ދިއުމަށް ހިތްވަރުލިބޭ.
·         އަމިއްލައަށް އުނގެނުމުގެ ޒިންމާއުފުލާ، މިނިވަންކަމާއެކު އުނގެނުމަށް އޮންނަ ޝައުޤުވެރިކަން އިތުރުވޭ.
·         ދަރިވަރުން އެކުދިންގެ އުނގެނުމުގައި ޙަރަކާތްތެރިކަމާއެކު ޢަމަލީގޮތުން ބައިވެރިވޭ.

ޕިޔާ އެސެސްމަންޓު ދިނުމުގައި ސަމާލުކަންދޭންވީ ކަންތައްތައް

v    އެއްދަރިވަރަކު އަނެއް ދަރިވަރުގެ މަސައްކަތް ބަލާ މިންކުރުމުގައި ޢަމަލުކުރާނެ (ދަރިވަރުންވެސް އެއްބަސްވާ) ހަރުދަނާ ޤަވާޢިދެއް އެކުލަވައިލުން.
{މިސާލު: އުނގެނުމުގެެ ފެންވަރު ބަޔާންކުރުމަށް ގޮތްކިޔުމުގައި  ހަމައެކަނި ”ފެންވަރު އަންގައިދޭ މިންގަނޑަށް“ ރިޢާޔަތް ކޮށް ގޮތްކިޔުން.
           ބޭނުންވާނެ މިފަދަ އިތުރު ޤަވާޢިދުތަކަކީ ކޮބާ؟

v    މިގޮތުން އެއްދަރިވަރަކު އަނެއްދަރިވަރެއްގެ ފެންވަރުބެލުމަށް ދަރިވަރުން ކަނޑައަޅާނީ (ގްރޫޕްކުރާނީ) ފަރުވާތެރިކަމާއެކު ވިސްނައިގެން. އެކިފަހަރު ދަރިވަރުން ޢައްޔަންކުރާއިރު، ޙާލަތާއި މަސައްކަތާ ގުޅޭގޮތުން ދަރިވަރުން ގްރޫޕްކުރާގޮތް ތަފާތު ކުރުން.
v    އެއްދަރިވަރަކު އަނެއްދަރިވަރެއްގެ މަސައްކަތް މިންކުރުމަށް ޙަވާލުކުރުމުގެ ކުރިން، ފުރަތަމަ ދަރިވަރުން އެކުދިންގެ އަމިއްލަ މަސައްކަތުގެ ފެންވަރު ބެލުމަށް ޙަވާލުކުރުމަކީ ކަންކުރަންވާގޮތް ދަރިވަރަށް ދަސްވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމެއް.

ސެލްފު އަދި ޕިޔާ އެސެސްމަންޓުގައި ބޭނުންކުރެވިދާނެ ބައެއް 

ގޮތްތައް

ހައިލައިޓިންގ/ސާރކަލިންގ/ކަލާކޯޑިންގ

ޓޫސްޓާރ އެންޑު ވިޝް

ސޯ ފާ

ތަމްބުސް އަޕް ތަމްބުސް ޑައުން

ޓުރެފިކް ލައިޓް / ސުމައިލީ ފޭސް



އެސެސްމަންޓު ފޯ ލާނިންގ އަކީކޮބާ؟


އެސެސްމަންޓް ފޯ ލާރނިންގ އަކީ  ދަރިވަރު އުގެނި ދަސްކުރުގެ 

މަރުހަލާގައި  ދަރިވަރަށް ޙާޞިލްވަމުންދާ މިންވަރު ދެނެގަނެ، 

އެކަންކަމުގެ ސަބަބު ހޯދައި އެދަރިވަރު ދެން ކުރިއަށްދާންވީ 
އެންމެ 
ފަސޭހަ މަގުތައް ކޮށައިދިނުމެވެ. އަދި މި ކަންކަން ކުރިއަށް 


ގެންދާނީ މުދައްރިސާއި ދަރިވަރު ގުޅިގެންނެވެ.



އެސެސްމަންޓު ފޯ ލާނިންގއާއި އެސެސްމަންޓު އޮފް ލާނިންގ 

ތަފާތު



އެސެސްމަންޓް ފޯ ލާނިންގ އިން ދަރިވަރުންނަށް ލިބޭނެ ފައިދާތައް:
         އުނގެނުމާއިދަސްކުރުމަކީ ތިމާ އަމިއްލަ އަށް ކުރަން ޖެހޭ ކަމެއްކަން ގަބޫލުކޮށް އެކަމަށްދޭ އަހަމިއްޔަތު ބޮޑުވެ ކިޔެވުމަށް ފޯކަސް ކުރުން
         އުގެނިދަސްކުރުމުން ކާމިޔާބު ލިބޭނެ ކަން އަމިއްލައަށް ވިސްނި ކާމިޔާބު ހޯދަން މަސައްކަތް ކުރުން
         އަދި ދަރިވަރުން ކުރިއަށް ދާންވީ ލަޑުދަޑިތައް ސާފުވެ އެކަމަށް މަސައްކަތް ކުރުން
         އުގެނި ދަސްވުމުގައި ކުރިއަށްދާންވީ ގޮތްތައް އެގި ކުރިއަށް ދާނީ ކިހިނެއް ކަންތައްތައް ކުރުމުންކަން އެގި އެލަޑުދަޑިތައް ޙާސިލްކުރުމަށް މަސައްކަތްކުރުން 

އެސެސްމަންޓް ފޯ ލާނިންގ ގެ މައިގަޑު ބައިތައް

އުގެނި ދަސްކުރަންވީ ބައިތައް/ ޙާސިލް ކުރަންވީ ލަޑުދަޑި ތައް 
ދަރިވަރުންނާއި ޙިއްސާކުރުން

އުގެނި ދަސްކުރުމުގައި ފެންވަރުބަލާނެ 

މިންގަޑުތައް/”ސްޓޭންޑަޑް“ 

ތައް ކަޑަ އަޅައި ދަރިވަރުންނާއި ޙިއްސާވެފައި އޮތުން

ތަފާތު ދަރަޖަތައް ހިމެނޭ ގޮތައް ދަރިވަރުންނާއި ސުވާލު ކުރުން

ދާއިމީ ގޮތެއްގައި ކުރިއަރަމުންދާނޭގޮތައް ދަރިވަރުންނަށް 

”ފީޑްބެކް“ ދިނުން

ޕިއާރ އަދި ސެލްފް އެސެސްމަންޓް އަދި ސެލްފް އިވެލުއޭޝަން


އެސެސްމަންޓު ފޯ ލާނިންގގެ ޓޫލްސްތައް

ރުބްރިކުސް

ޗެކުލިސްޓު

އެނެކްޑޯޓަލް ރިޕޯޓު

ޕޯޓުފޯލިޔޯ


ސުކޫލް ޕޮލެސީގައި ހިމަނާނީ ކޮންވައްތަރެއްގެ އެސެސްމަންޓެއް 

ހެއްޔެވެ؟ ޑިފިނިޝަންއެއް ލިޔާށެވެ!

އެސެސްމަންޓު ފޯ ލާނިންގ އެވެ. ސަބަބަކީ:
ދަރިވަރުން އުނގެނި ދަސްކުރަން ބޭނުންވާ ބައިތަކާއި ޙާޞިލްކުރަންވީ ލަނޑުދަޑިތައް ދަރިވަރުންނާ ފުރިހަމައަށް ހިތްސާކުރުމާއި ސެލްފް / ޕިއަރ އެސެސްމަންޓްގައި ދަރިވަރުން ބައިވެރިކުރެވޭތީއެވެ.


ފީޑުބެކަކީކޮބާ؟
           ފީޑްބެކަކީ މަޤްސަދުތަކެއް ޙާސިލް ކުރުމަށްޓަކައި ތިމާ ކުރި މަސައްކަތުގެ ފެންވަރު އެންގުމާއި އެކަންތައް އެކުރި ގޮތުގެ މަޢުލޫމާތު ދިނުމެވެ.
          ދަރިވަރުން ކުރީ ކޮންކަމެއްކަމާއި، ނުކުރަނީ ކޮން ކަމެއްކަމާއި، ރަގަޅު ކުރަންވީ ކޮންކަމެއް ކަން ފީޑްބެކްއިން އެގިސާފުވާނެއެވެ.

ފާއިދާ ހުރި ފީޑްބެކްއިން ފޯރުކޮށްދެވެނީ:

 މަޢުލޫމާތު: ދަރިވަރު ހުރިހިސާބެއް، ވީކިހިނެއްކަން ދަރިވަރަށް އެގި އަދި ދަރިވަރު ކުރި ކަންތައް ދަރިވަރަށް ސާފުވެ އެގިގެން
 ވަޒަން ކުރުން: މަސައްކަތް ފުރިހަމަ ކުރުމުން ފެންނަ ނަތީޖާ ރަގަޅު ވިއަސް އަދި ނުވިއަސް ދަރިވަރަށް އަންގައިދެވިގެން
 އެހީތެރިކަން ފޯރުކޮށްދިނުން:  ފެންވަރު ރަގަޅު ވާނީ ކިހިނެއް ހަދައިގެންކަން ދަރިވަރަށް އެގިގެން

ފީޑުބެކުގެ ވައްތަރުތައް
ކޮގްނިޓިވް ފީޑްބެކް      (ވަރަށް ފައިދާހުރި)
ޑިސްކްރިޕްޓިވް ފީޑްބެކް   (ވަރަށް ފައިދާހުރި)
އައުޓްކަމް ފީޑްބެކް      (އެހާބޮޑަށް ފައިދާ ނުކުރާ)
އިވެލުއޭޓިވް ފީޑްބެކް     (އެހާބޮޑަށް ފައިދާ ނުކުރާ)


އެނެކްޑޯޓަލް ރިކޯޑަކީ ކޮބާ؟
ކްލާސްރޫމް މާޙައުލުގައިހިނގާ ދަރިވަރާއި ގުޅުންހުރި އެންމެހާ ޙަރަކާތްތަކުގެ ވާހަކައެކެވެ. ނުވަތަ
ދަރިވަރާއި ބެހޭގޮތުން ލިޔުމުން ނުވަތަ ތަސްވީރުން އެދަރިވަރު އުޅެމުންދާ ގޮތް ބަޔާންކޮށްދިނުމެކެވެ.
(މިސާލު: ކުރެހުމެއް/ އިލަސްޓްރޭޝަނެއް/ ތަޞްވީރެއް)

އެނެކްޑޯޓަލް ރެކޯޑް ބޭނުންކުރަނީ ކީއްކުރަން؟
          ދަރިވަރުންގެ މަޢުލޫމާތާއި ކުރާ ކަންތައްތަކުގެ ރެކޯރޑް ބެލެހެއްޓުމަށް ފަސޭހަ ހަތިޔާރަކަށްވާތީ.
          އާއްމުކޮށް އާދައިގެ މަތިން ކުރިއަށްގެންދާ ހަރަކާތްތައް ވެސް ނޯޓް ކުރުމަށް ފަސޭހަ ހަތިޔާރަކަށްވާތީ.
          މިސާލަކަށް : ދަރިވަރުންގެ އުޅުމާއި އަޚްލާޤް ނުވަތަ ދަރިވަރުގެ އެކި ހުނަރާއި ފެންވަރު ކުރިއަރަމުންދާ ވަރުވެސް މިފަދަ ރެކޯރޑެއްގައި  ދައްކައިދެވިދާނެ.

އެނެކްޑޯޓަލް ރެކޯޑް އާއްމު ގޮތެއްގައި ބެހިފައިވަނީ 3 ބައަކަށެވެ.
1.     ފެށުން
2.     މެދުތެރެ
3.     ނިމުން

ބުލޫމުސް ޓެކްސޮނޮމީގެ ހައިރާކީތައް (ދަރަޖަތައް)

1. ނޮލެޖު (މަޢުލޫމާތު)

2. ކޮމްޕުރިހެންސަން (ދޭހަ)

3. އެޕްލިކޭޝަން (ބޭނުންކުރުން)
4. އެނޭލިސިސް  (ދިރާސާކުރުން)
5. ސިންތަސިސް ، ކްރިއޭޓިން  (އުފެއްދުން)
6. އިވެލުއޭޝަން  (ވަޒަންކުރުން)

ޕޯޓްފޯލިއޯ އަކީ ކޮބާ؟
ޕޯޓްފޯލިއޯ އަކީ ދަރިވަރުން ކުރާ މަސައްކަތުގެ ތެރެއިން ހޮވާލެވޭ އެންމެ ފުރިހަމަ އަށް ކޮށްފައިވާ މަސައްކަތްތައް ޖަމާކޮށް އޭގެ އެކުލަވާލުމެކެވެ. ނުވަތަ އެންމެ ރަގަޅަށް ފުރިހަމަކުރެވިފައިހުރި މަސައްކަތްތަކުގެ ފައިލެއް ތައްޔާރު ކުރުމެވެ.
          އަދި މިމަސައްކަތަކީ ވަކި މުއްދަތެއް ކަޑައެޅި އެމުއްދަތުގެ ތެރޭގައި ދަރިވަރުން ކުރާ މަސައްކަތެވެ.


ޕޯޓުފޯލިއޯއެއްގެ ރަނގަޅުކަންތައްތައް
          ޕޯޓފޯލިއޯ އިން ދައްކައި ދޭން މަސައްކަތް ކުރާނީ ވަކި ހުނަރެއް ނުވަތަ ހުނަރު ތަކެއް ކުރިއަރަމުން ގޮސްފައިވާ މިންވަރު އެގޭ ކަހަލަ މަންޒަރެއް. 
           އަދި އޭގައި ދަރިވަރު އަމިއްލަ އަށް އެދަރިވަރު ފެންވަރު ރަގަޅު ދަރިވަރަކަށް ވުމަށް އަމާޒު ކޮށް ކުރި މަސައްކަތް ހާމަ ކޮށްފައިވާނެއެވެ.
          . މިގޮތުން ދިގު މުއްދަތެއްގައި ދަރިވަރު ކުރިއަރަމުން އައި ގޮތުގެ (ވަކިވަކި މަރުހަލާތަކުގައި) ބޮޑު މަންޒަރެއްވެސް ދެއްކިދާނެއެވެ.


ޕޯޓުފޯލިޔޯގެ ވައްތަރުތައް

1. ގުރޮއުތު ޕޯޓުފޯލިޔޯ (Growth Portfolio)
2. ބެސްޓު ވޯކު ޕޯޓުފޯލިޔޯ (Best works portfolio)
3. ޝޯކޭސް ޕޯޓުފޯލިޔޯ (Showcase Portfolios)
4. އިވެލުއޭޝަން ޕޯޓުފޯލިޔޯ (Evaluation Portfolios)

ޕޯޓްފޯލިޔޯ،  އެސައިންމަންޓް ގޮތުގައި ދެނީ ކީއްވެ؟
·        ދަރިވަރު ކުރިއަރާފައިވާ މިންވަރު ދައްކައިދޭނެ.
·        ދަރިވަރުގެ ފެންވަރު އެކި ދުވަސްތަކުގައި ހުރި ގޮތް ދައްކުވައިދޭނެ.
·        ދަރިވަރުގެ މިހާރުހުރި ޤާބިލްކަމާއި ދަރިވަރުގެ ހުނަރުތައް ކުރިއަރާ މިންވަރު ދައްކައިދޭނެ.
·  ދަރިވަރުގެ ފެންވަރު ވަޒަންކުރުމުގައި ދަރިވަރު މިހާތަނަށް ކޮށްފައި ހުރި އެންމެ މުހިންމު މަސައްކަތް ދެއްކިދާނެ.
ރުބްރިކަކީ ކޮން އެއް ޗެއް؟
q    ރުބްރިކްގައި އުނގެނުމުގައި ދަރިވަރު ޙާސިލް ކުރަންވީ ލަޑުދަޑިތައް ވަރަށް ސާފުކޮށް، ތަފްސީލްކޮށް ސިފަކޮށްފައިހުންނާނެ.
q      ރުބްރިކަކީ ބިނާކުރަނިވި ފީޑްބެކެއް ދިނުމަށް ފަހިމަގެއް.
q     ރުބްރިކަކީ ކުރިމަގުގެ އުނގެނި ދަސްކުރުމަށް  މަގުފަހިކޮށްދޭ ވަޞީލަތެއް.
ސްކޯރ ކުރާނެ ގޮތުގެ ޗާރޓެއް. 

ރުބުރިކުސްގެ ވައްތަރުތައް
1.      ހޯލިސްޓިކް ރުބްރިކްސް
2.     އެނަލިޓިކް ރުބްރިކްސް


ހޯލިސްޓިކް ރުބްރިކްސް
ü       ފުރިހަމަ ކުރަން ދެވިފައިވާ ޓާސްކް ނުވަތަ މަސައްކަތުގެ ފެންވަރު ބެލިގެންދާނީ މުޅި މަސައްކަތް އެއްކޮށް.
ü       މި ވައްތަރުގެ ރުބްރިކްސް ރަގަޅުވާނީ ވަކި ވަކި ބައި ބައަށް ވުރެ މުޅި އެއްޗަށް ފޯކަސް ކުރާނަމަ.
ü       ގިނައިން ބޭނުން ކުރެވެނީ ސަމެޓިވް ނުވަތަ އެސެސްމަންޓް އޮފް ލާރނިންގ ގައި.
ü      ނަމަވެސް ފޯމެޓިވް ނުވަތަ އެސެސްމަންޓް ފޯ ލާރނިންގ ގައިވެސް ބޭނުން ކުރޭ.


އެނަލިޓިކް ރުބްރިކްސް
         އެނަލިޓިކް ރުބްރިކްގައި އެސައިންމަންޓް/ މަސައްކަތް ނުވަތަ ޓާސްކްގެ ފެންވަރު ރަގަޅު ކުރުމުގެ ގޮތުން ހުންނަންޖެހޭ އެކި ބައިތައް ވަކިވަކިން ހުންނާނީ ފާހަގަ ކުރެވިފައެވެ.
          މިއީ ފޯމެޓިވް އެސެސްމަޓްގައި ވަރަށް ފުރިހަމަ އަށް ބޭނުންކުރެވޭނެ ރުބްރިކެކެވެ.


ފިލާވަޅާ ގުޅޭ PMIއައި އެއް ހަދާށެވެ.
Pޕުލަސް   Mމައިނަސް   Iއިންޓުރެސްޓު


މިއަންނަ އަހަރު ކީސްޓޭޖު 2 އަށް އާ ކަރިކިއުލަމް ތަންފީޒު 

ކުރާއިރު މިހާރު ތިބި ޓީޗަރުން ގެނެސްގެން SWOTއެނަލައިސެސްއެއް ހަދާށެވެ.
Sސުޓުރެންސް    Wވީކުނެސް   Oއޮޕްޗިއުނިޓީ    Tތުރެޑުސް

ޓީ އެސް އޯ ހެދުމުގެ 3 ސަބަބެއް ބުނެދޭށެވެ.


1. ޓެސްޓުކުރަން ޤަސްދުކުރާ ސުރުޚީތަކާއި މަޤްޞަދުތަކާއި 
ސުވާލުކުރާނެ ޢަދަދާއި ސުވާލުތަކަށް މާކުސް ދޭނެ ވަރެއް 

ކަޑައެޅުން.

2. ތަފާތު ފެންވަރުގެ ސުވާލުތަކެއް ހިމެނޭ ސުވާލު ޕޭޕަރެއް 

ތައްޔާރުކުން.

3. ރިލޭބަލް ވެލިޑް ޓެސްޓެއްގެ ގޮތުގައި ޓެސްޓު ޕޭޕަރު 

ތައްޔާރުކުރުން.


ސުވާލުގެ ވައްތަރުތައް

1. ކުރު ޖަވާބު ދެވޭ ސުވާލު   2. ދިގުޖަވާބު ދެވޭ ސުވާލު  3. 
ތެދު ދޮގު  4. ގުޅުވުން  5. މަލްޓިޕުލް ޗޮއިސް  6. މަޒުމޫނު

ޓެސްޓު ޕޭޕަރެއްގެ ވެލިޑިޓީ އަދި ރިލޭބުލިޓީ ހައިކުރުމަށް 

ކުރެވިދާނެ 

ކަންތައްތަކަކީކޮބާ؟

1. ތަފާތު ފެންވަރުގެ ސުވާލު ޕޭޕަރުގައި ހިމެނުން

2. ތަފާތު އައިޓަމްތަކުގެ ސުވާލުތައް ހިމެނުން

3. މޮޑަރޭޓުކުރުން


މޮޑަރޭޓު ކުރުމަކީކޮބާ؟

މޮޑަރޭޓް ކުރުމަކީ ކަޑައަޅާ ވަކި ނިންމުންތައް އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަމެކެވެ. މިކަމަކީ ދެވޭ ޓެސްޓްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކުރެވޭ ކަމެކެވެ. މިކަމުގެ ތެރޭގައި ރުބްރިކްސް އާއި ސްޓޭންޑަޑް ތަކާއި ބެހޭގޮތުން މުދައްރިސުންނަށް އެކަކު އަނެކަކުގެ ޚިޔާލުތައް ބަދަލުކުރެވި އެކަންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ލިބޭނެއެވެ.

އައިޓަމް އެނަލިސިސް ހެދުމަކީ ކޮބާ؟

ސުވާލުކަރުދާހުގެ ކޮންމެ ސުވާލެއް ވަކިން ދިރާސާކޮށް 

އެސުވާލުގައި 

ހުންނަ ރަނގަޅު ކަންތަކާއި އިސްލާޙުކުރަންޖެހޭ ކަންތައް 


ފާހަގަކޮށް، ސުވާލަށް ކުދިން ޖަވާބު ދީފައިވައިވާގޮތް 

ދިރާސާކުރުމެވެ.